ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޔޫން ހައްޔަރުކުރަން އުޅެފިނަމަ ބޮޑު ކުރިމަތިލުމެއް ހިނގައިފާނެ

03 ޖެނުއަރީ 2025

|

ހަސަން އާމިރު

ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ރައީސްކަމުގެ މަޤާމުން އަޒުލުކޮށްފައިވާ ޔޫން ސުކް ޔެއޯލް ހައްޔަރުކުރަން ތަހުޤީޤީ ޓީމުތަކުން ކުރަމުންދާ މަސައްކަތަށް އެ މަނިކުފާނު ސެކިޔުރިޓީ ސިފައިން ހުރަސްއަޅައިފިއެވެ.

ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.

އެއާ އެކު، ޔޫން ހައްޔަރުކޮށްގެން ސުވާލުކުރުމަށް ކޯޓުން ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް އަމުރެއް ނެރެފައެވެ.

ނަމަވެސް، އެ އަމުރު ތަންފީޒުކުރަން ޕްރޮސެކިޔުޓަރުން ދިޔުމުން، އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ވަށައިގެން ބަންދުކޮށް، ސެކިޔުރިޓީ ސިފައިން ދަނީ ހުރަސްއަޅަމުންނެވެ.

މިއީ ދެކުނު ކޮރެޔާގެ ދުސްތޫރީ ތާރީޚުގައި، ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ހައްޔަރުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ޔޫން މަޤާމުން ދުރުކުރުމުގެ މައްސަލަ ދުސްތޫރީ ކޯޓުން ބަލަން ލަސްކުރަމުންދާ ކަމަށް ބުނެ، ރައީސްގެ މަސްޢޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބޮޑުވަޒީރު ހާން ޑުކް ސޫ ވެސް ވަނީ ރައީސްކަމުން އަޒުލުކޮށްފައެވެ.

ޑުކް ސޫ އާ މެދު އިދިކޮޅު ޕާޓީތަކުން ނުރުހުނީ، ޔެއޯލްގެ އަޒުލުކޮށްފައިވާ މައްސަލާގައި ގޮތެއް ނިންމަންޖެހޭ އެ ޤައުމުގެ ދުސްތޫރީ ކޯޓަށް ފަނޑިޔާރު ޢައްޔަނުކުރުން ލަސްކުރަމުންދާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު