ENGLISH

18 އޭޕްރީލު 2025

Advertisement

ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތެއް ނެތް: ބެނާޑޯ

03 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިޓީގެ މިޑްފީލްޑަރު، ބެނާޑޯ ސިލްވާ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީ އަށް މި ފަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ އެއްވެސް ފުރުޞަތެއް ނެތް ކަމަށް އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ ބުނެފިއެވެ.

މިދިޔަ އަހަރުތަކުގައި އިނގިރޭސި ލީގުގެ އިތުރުން ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި މޮޅު ކުޅުމެއްދެއްކި ސިޓީ އަށް މި ފަހަރުގެ ސީޒަނުގައި ފޯމުދަށްވެ، ނެރެވިފައިވަނީ ދަށް ނަތީޖާތަކެކެވެ.

ބެނާޑޯ ސިލްވާ ބުނީ، ލިވަޕޫލާއި ސިޓީއާ ދެމެދު މި ވަގުތު 14 ޕޮއިންޓްގެ ފަރަގެއް އޮތުމުން އެ ޓީމަށް ދެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތެއް ނެތް ކަމަށެވެ.

"މިވަގުތު އަހަރެމެން ޙަޤީޤަތް ޤަބޫލުކުރަންޖެހޭ،" ބެނާޑޯ ސިލްވާ ބުންޏެވެ.

ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. މިއާއެކު، ސިޓީ އޮތީ ލީގުގެ ހަވަނައިގައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލާއި ސިޓީ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ލިވަޕޫލަށް ބާކީ މެޗެއް އެބައޮތެވެ.

"މި ދައްކަނީ ލިވަޕޫލްގެ ވާހަކައެއް ނޫން. އަހަރެމެން މި ވަގުތު މިއޮތީ ލީގުގެ ހަވަނައިގައި. ލިވަޕޫލާއި އާސެނަލަށް ބަލާކަށް ނުޖެހޭ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބެނާޑޯ ސިލްވާ ބުންޏެވެ.

މިހާރު އެންމެ ބޮޑު ސަމާލުކަމެއްދޭނީ ކުރިއަށް އޮތް މެޗުގައި ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، ފުޓްބޯޅައިގައި ހާސިލްނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޤަބޫލުކުރިޔަސް ސިޓީ އަކީ މި ވަގުތު ލީގު ރޭހުގައި އޮތް ޓީމެއް ނޫން ކަމަށް ވެސް ބެނާޑޯ ސިލްވާ ވަނީ ބުނެފައެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ އަށް މި ފަހަރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ. އޭގެތެރޭގައި، އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، ސީޒަން އެއްކޮށް ގެއްލުމާއި، ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އަށް ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވުން ހިމެނެއެވެ.

ސިޓީ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު