ENGLISH
10 އޭޕްރީލު 2025
ނިއު އޯލީންސްގައި ލޮރީއަކުން ޖައްސައި 15 މީހަކު މަރާލުމުގައި ޓެރަރިޒަމާ ގުޅުމެއްވޭތޯ ބަލަނީ
02 ޖެނުއަރީ 2025
|
އެމެރިކާގެ ނިއު އޯލީންސްގައި އާ އަހަރު ފާހަގަކުރަން މީހުން ޖަމާވެފައި އޮތް ސަރަޙައްދެއްގެ ތެރެއަށް އައިސިސް ޖަމާޢަތުގެ ދިދައެއް ޖަހައިގެން ލޮރީއެއް ވައްދާލައި، މީހުންގެ ގައިގައި ޖައްސައިގެން މިހާތަނަށް 15 މީހަކު މަރުވެފައިވާއިރު، އެ ކަމުގައި ޓެރަރިޒަމާ ގުޅުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެފްބީއައި އިން ބުނެފިއެވެ.
ލޮރީ ދުއްވަން އިނީ، ޝަމްސުއްދީން ޖައްބާރު ނަމަކަށް ކިޔާ 42 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށް އެފްބީއައި އިން ވަނީ ބުނެފައެވެ. އޭނާ ވަނީ އައިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައެވެ.
އެ ލޮރީގެ ތެރެއިން އައިސިސްގެ ދިދަތަކެއް ފެނިފައިވާ ކަމަށާއި، މި ޙަމަލާގައި އިތުރު ބައެއް ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް އެފްބީއައީ އިން ބުންޏެވެ.
ބާރު ސްޕީޑުގައި އައިސް، މީހުންގެ ގައިގައި ޖައްސަމުން ގޮސް، ލޮރީ ހުއްޓުނު ވަގުތު، ޖައްބާރު ވަނީ ލޮރީން ފައިބައި، ފުލުހުންނަށް ބަޑިން ޙަމަލާދީފައެވެ. އެ ޙަމަލާތަކުގައި ޖައްބާރު ވަނީ މަރުވެފައެވެ.
މި ހާދިސާގައި އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.
ޖައްބާރަކީ އައިސިސްއަށް ތާއީދުކުރާ މީހެއް ކަމަށް މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފައެވެ.