ENGLISH

10 އޭޕްރީލު 2025

Advertisement

ޕަލަސްޓިނިއަން އޮތޯރިޓީން އަލްޖަޒީރާގެ ބްރޯޑްކާސްޓުތައް މަނާކޮށްފި

02 ޖެނުއަރީ 2025

|

ހަސަން އާމިރު

ހަމަނުޖެހުމަށް ހިތްވަރުދޭ މަޢުލޫމާތު ގެނެސްދޭ ކަމަށް ބުނެ، ފަލަސްތީނުގެ ސަރަޙައްދުތަކުގައި އަލްޖަޒީރާގެ ބްރޯޑްކާސްޓުތައް ޕަލަސްޓިނިއަން އޮތޯރިޓީން މަނާކޮށްފިއެވެ.

ފަލަސްތީނުގެ ރަސްމީ ވަފާ ނޫހުން ބުނީ އަލްޖަޒީރާ ސެޓެލައިޓް ޗެނަލާއި ފަލަސްތީނުގައި ހުންނަ އެ ޗެނަލްގެ އޮފީސް ބްރޯޑްކާސްޓް ކުރުން ހުއްޓާލައި ހުރިހާ ޙަރަކާތްތަކެއް ހުއްޓުވަން، ކަލްޗަރ އާއި އިންޓީރިއާ އަދި ކޮމިއުނިކޭޝަން މިނިސްޓްރީތައް ހިމެނޭ ޚާއްސަ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އަދި ފަލަސްތީނުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް އަލްޖަޒީރާއިން ކުރަމުންދާ ކަންކަން ހައްލުކުރުމުގެ ކުރިން، އެ ނެޓްވޯރކުގެ އެންމެހާ މުވައްޒަފުންނާއި ނޫސްވެރިން ހިމެނޭ ގޮތަށް ޤާނޫނީ ހުއްދަތައް މި ވަގުތަށް ބާތިލުކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ސައްޙަ ނޫން މަޢުލޫމާތާއި ހަމަނުޖެހުމާއި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް އަލްޖަޒީރާއިން ތަކުރާރުކޮށް ޢަމަލުކުރަމުންދާތީ ކަމަށް ވެސް ބުންޏެވެ.

ޕަލަސްޓީނިއަން އޮތޯރިޓީގެ ނިންމުން، ޙަމާސް ޖަމާޢަތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ޖަމާޢަތުން ވަނީ މަޢުލޫމާތު ފެތުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ހުއްޓާލައި، އަލްޖަޒީރާގެ ބްރޯޑްކާސްޓުތައް މަނާކުރުމުގެ ނިންމުން ބާތިލުކުރުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު