ENGLISH
05 ޖުލައި 2025
ރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ދިފާޢުކުރުމުގައި ކޯސްޓްގާޑުގެ ޚިދުމަތަށް 45 އަހަރު
01 ޖެނުއަރީ 2025
|
ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑް ޚިދުމަތަށް މިއަދު 45 އަހަރު ފުރިއްޖެ އެވެ.
ނަވާރަ ސަތޭކަ އައްޑިހަ ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ރަސްމީ ގޮތުން ދިވެހި އަސްކަރިއްޔާގައި ފެށުނު ކޯސްޓްގާޑުގެ ޚިދުމަތަށް މިއަދު 45 އަހަރު ފުރިފައިވާއިރު، ކޯސްޓްގާޑުގެ ޚިދުމަތަކީ ފަޚުރުވެރި ތާރީޚެއް އޮތް ޚިދުމަތެކެވެ.
މީގެ 45 އަހަރު ކުރިން ދިވެހި އަސްކަރިއްޔާގެ ވަކި ޚާއްޞަ ޔުނިޓެއްގެ ގޮތުގައި ކޯސްޓްގާޑުގެ ޚިދުމަތް ފެށި ނަމަވެސް އޭގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހި ސިފައިން އައީ ހަރަކާތްތެރިވަމުންނެވެ.
ކޯސްޓްގާޑުގެ ޒިންމާއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ދިފާޢުކުރުމާއި، ޚާއްސަ އިގްތިސާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މެރިޓައިމް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ޙިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާ މުދާ ސަލާމަތްކުރުމެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ކޯސްޓްގާޑުން ކުރަމުންދާ އެންމެ ޚާއްޞަ މަސައްކަތަކީ މި ދާއިރާއިން އާންމު ރައްޔިތުން ހޭލުންތެރިކުރުމެވެ.