ENGLISH

21 އޭޕްރީލު 2025

Advertisement

ޒަކާތު ފަންޑުން ސްކޮލާޝިޕް ދޭއިރު އިސްކަންދޭނީ ފަގީރުންނާއި، ތަޢުލީމަށާއި ޤައުމީ ޚިދުމަތަށް

01 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދުނާން- ފޮޓޯ:ޕީއެސްއެމް

މާލީ ފުދުންތެރިކަން ނެތް މީހުންނާއި، ތަޢުލީމީ ފެންވަރަށާއި ޤައުމަށް ޚިދުމަތް ކޮށްދީފައިވާ މިންވަރަށް އިސްކަންދޭ ގޮތަށް ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީ ފޯރުކޮށްދޭ އުސޫލެއް އެކުލަވާލައިފިއެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ފުރުސަތުދޭނެ ގޮތްތައް އިތުރުކޮށް، އިސްލާމިކް މިނިސްޓްރީން ވަނީ ސަރުކާރުގެ ގެޒެޓްގައި އުސޫލެއް ޝާއިރުކޮށް އެއަށް ޢަމަލު ކުރަން ފަށައިފައެވެ.

މި އުސޫލުގައިވާ ގޮތުން ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވެމުގެ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ދެވޭ ފުރުސަތުތަކެކެވެ. އަދި މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ދެވޭނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ އަދި އެ އޮތޯރިޓީން ގަބޫލުކުރާ މަރުކަޒުތަކަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާއެއްގެ ތެރެއިން. -ފޮޓޯ:އެމްއެންޔޫ

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީ ދިނުމުގެ އުސޫލުގައިވާ ގޮތުން ސްކޯލަރޝިޕް ދިނުމުގައި އިސްކަން ދޭނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި މާލީ ފުދުންތެރިކަން ނެތް މިންވަރާއި ތައުލީމީ ފެންވަރާއި ޤައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލްކުރުމަށް އެދޭ ދަރިވަރުންނާއި ކިޔަވައިފައިވާ ދާއިރާއާ ގުޅޭ އިސްލާމިކް ކޮންސެޕްޓް ހިމެނޭ ކޯހެއް ހެދުމަށް ބޭނުންވާ ދަރިވަރުން މި ބައިން އިސްތިސްނާ ވާނެއެވެ.

މަތީ ތަޢުލީމުގެ ފުރުސަތުތަކުގެ އިތުރުން، ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ އެކި އެކި ދާއިރާތަކުން ޒަކާތު ފަންޑުން ދަނީ މިހާރު ވެސް އެހީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު