ENGLISH

21 އޭޕްރީލު 2025

Advertisement

ރަސްމީ ފާލަމުގެ ބޮޑު ބައެއް ނިމިއްޖެ

01 ޖެނުއަރީ 2025

|

އާމިނަތު މައިހާ

މިނިސްޓަރ ޑރ. ޢަބްދުالله މުއްތަލިބު، ޢިއްޒުއްދީން ޖެޓީ ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ / ފޮޓޯ: އެމްޓީސީސީ

މާލޭ ޢިއްޒުއްދީން ފާލަމުގެ ބޮޑު ބައެއް ނިމި، މިހާރު ކުރިއަށް ދަނީ ފުރާޅު ހެދުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. 

ރަސްމީ ފާލަމުގެ ގޮތުގައި ބޭނުންކުރާ މި ފާލަމަކީ މާލޭގެ މަލަމަތިން ފެންނަ އެންމެ ޚާއްސަ އެއް ތަނެވެ. ކޮންމެ ދުވަހަކު އެތައް ދިވެހިންނަކާއި ފަތުރުވެރިންނެއް ބޭނުންކުރަމުން އަންނަ މި ފާލަމުގެ މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ. އެމްޓީސީސީއިން ވިދާޅުވީ މި ފާލަމުގެ މަރާމާތުގެ މަސައްކަތް ލަސްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމަށާއި އެހެންކަމުން މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ކުރެވެމުން ދަނީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ. 

ޓޫރިސްޓް އެޓްރެކްޝަނެއްގެ ގޮތަށް ވެސް ބޭނުންކުރާ މި ފާލަން ޓޫރިސްޓުންނަށް ދައްކާ ނުލެވުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޓީސީސީއިން ފާހަގަކުރައްވައެވެ.

ފާލަމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރަށެވެ. 

ކިޔުންތެރިންގެ ހިޔާލު