ENGLISH
21 އޭޕްރީލު 2025
20 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ނިންމާލައިފި
01 ޖެނުއަރީ 2025
|
ޑިޒައިން އެންޑް ބިލްޑް އުސޫލުން 20 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމަވައިފިއެވެ.
އެމްޑަބްލިއުއެސްސީ އިން ވިދާޅުވީ ފަސް ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމާއި 15 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުން ނިންމާލައިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ރަށްތަކުގައި ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށް، ފެން ރައްކާ ކުރުމަށް ތާނގީތައް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކު އަޅައި، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ވެސް ވަނީ ގުޅައިދީފައެވެ.
މިގޮތުން ފެނުގެ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކަކީ:
މީގެ އިތުރުން ނަރުދަމާގެ ޕަމްޕިން ސްޓޭޝަންތައް ގާއިމްކޮށް، ނަރުދަމާގެ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުތަކުގެ ދަށުން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާ ރަށްތަކަކީ:
އެމްޑަބްލިއުއެސްސީން ވިދާޅުވީ، ހުރިހާ ރަށެއްގެ މަސައްކަތް މިދިޔަ އަހަރުގެ ނިޔަލަށް ނިންމާލުމުގެ އަމާޒަށް ވާސިލްވެވުނީ، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެ ކަން ފާހަގަކޮށް އެމްޑާބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްމަތީނު މުހައްމަދު ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަފައިފައެވެ.