ENGLISH
21 އޭޕްރީލު 2025
ސިޓީތަކާއި ރަށްރަށުން ޢާއްމު އުޅަނދުތަކުން ނަގާ ގޭޓުފީ ކުޑަކުރަން ވެމްކޯއިން ނިންމައިފި
01 ޖެނުއަރީ 2025
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ރަށްރަށުގެ ކުނި އުކާލާ އަމިއްލަ އުޅަނދުތަކުން ނަގާ ގޭޓް ފީ ކުޑަކުރަން ނިންމައިފިއެވެ.
އެ ކުންފުނިން ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ގޭޓު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގަށް މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މި ބަދަލާ ގުޅިގެން މިއަދުން ފެށިގެން ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރަށްރަށުގެ ގޭބީސީތަކުގެ ކުނީގެ ބިލް، ކަރަންޓު ބިލުގައި ހިމަނައިގެން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ވެމްކޯ އިން ނަގަމުން އަންނަ އަގުތައް ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މާލެ އާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކުން ވެސް ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯއިން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.