ENGLISH
10 އޭޕްރީލު 2025
ޝެއިޚް ހަސީނާ ގެނެސް، ދަޢުވާ ކުރަން ގޮވާލައި އެތައް ހާސް ބަޔަކު މަގުތަކަށް
01 ޖެނުއަރީ 2025
|
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ޤައުމަށް ގެނެސް، އެ ކަމަނާގެ މައްޗަށް ދަޢުވާ ކުރަން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އަޑުއުފަލައިފިއެވެ.
ޔުނިވާރސިޓީގެ ދަރިވަރުން އިސްވެ ކުރި މުޒާހަރާއަށް ފަހު، ހެލިކޮޕްޓަރެއްގައި ހަސީނާ ޤައުމު ދޫކުރައްވާ، އިންޑިޔާއަށް ވަޑައިގެންނެވީ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެގަތުމުންނެވެ.
އޭގެކުރިން، އެތައް ހަފްތާއަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ބަންގްލަދޭޝްގެ ދަރިވަރުންގެ ޖަމްޢިއްޔާ އަކުން އިންތިޒާމު ކުރި މުޒާހަރާގައި، އިއްޔެ އެތަކެއް ހާސް އާންމުން ވަނީ މަގުތަކަށް ނުކުމެ، ހަސީނާގެ މައްޗަށް ދަޢުވާކޮށް، އެ ކަމަނާގެ އަވާމީ ލީގު ޕާޓީ އުވައިލަން ގޮވާލައި، އަޑުއުފުލައިފައެވެ.
ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުން މިހާރު ވަނީ، ދަޢުވާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން، ހަސީނާ އަނބުރާ ފޮނުވައި ދިނުމަށް އިންޑިޔާ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.
ނަމަވެސް، އެ އެދުމަށް އިންޑިޔާ ސަރުކާރުން ރަސްމީކޮށް ޖަވާބު ދިން ކަމެއް އަދި ނޭނގެއެވެ.
ހަސީނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން މެރުމާއި، އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލެއް ހިންގުން ހިމެނެއެވެ.