ENGLISH

10 އޭޕްރީލު 2025

Advertisement

ޣައްޒާގެ ސިއްޙީ ނިޒާމު ހުއްޓި 55 ބަލިމީހަކު ފަރުވާއަށް ޔޫއޭއީ އަށް ގެންގޮސްފި

01 ޖެނުއަރީ 2025

|

ހަސަން އާމިރު

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި، ސިއްޙީ ނިޒާމު މުޅިން ހުއްޓުމަކަށް އައިސްފާވާއިރު، 55 ބަލި މީހަކަށް ފަރުވާދޭން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންގޮސްފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން މެދުވެރިވެގެން ޔޫއޭއީއަށް ގެންދިޔަ ބަލި މީހުންގެ އިތުރުން، ޣައްޒާގެ 72 ސިއްޙީ ޚިދުމަތްތެރިން ވެސް ހިމެނެއެވެ.

"ބަލި މީހުންގެ ތެރޭގައި ހިމެނެނީ އޮޓޯއިމިއުން އަދި ލޭގެ ބަލިތަކާއި ކެންސަރާއި ހިތުގެ ބަލިތަކާއި ލޮލާއި ކިޑްނީގެ މައްސަލަތަކާއި ޓްރޯމާ އިންޖަރީތަކާއި ނަފްސާނީ އަދި ހަމުގެ ބަލިތައް ޖެހިފައިވާ މީހުން،" ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ، ސިއްޙީ ފަރުވާ ބޭނުންވާ 12،000 ބަލިމީހުން ޣައްޒާގައި އަދިވެސް އެބަތިބި ކަމަށެވެ.

ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ނައްތާލުމުގެ ނަމުގައި އިޒްރޭލު ސިފައިން ދަނީ ޣައްޒާގެ ސިއްޙީ މަރުކަޒުތަކާއި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދައިގެން ތިބި ވަގުތީ ހިޔާތަކަށް ވެސް މެދުކެނޑުމެއްނެތި ޙަމަލާތައް އަމާޒުކުރަމުންނެވެ.

މިގޮތުން، އިޒްރޭލުން ވަނީ ޣައްޒާގައި ހުންނަ މައި ހޮސްޕިޓަލު، ކަމާލް އަދުވާނީ ހޮޕިސްޓަލަށް ވަދެގަނެ، އެ ތަނުގައި ތިބި ބަލި މީހުން ނެރެ، ހޮސްޕިޓަލުގެ ބޮޑު ބައެއްގައި ހުޅުޖަހަައިފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، ކަމާލް އަދުވާނީ ހޮސްޕިޓަލުގައި ހިންގި އޮޕަރޭޝަނަށް ފަހު، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ހޮސާމް އަބޫ ސަފިޔޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ، ޙަމާސް ޖަމާޢަތަށް ވާގިވެރިވާ "އޮޕަރޭޓިވް"އެއް ކަމުގެ ތުހުމަތުގައި ކަމަށް ވެސް ޔަހުދީ ސިފައިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު