ENGLISH

21 އޭޕްރީލު 2025

Advertisement

މިސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް، ކޮރަޕްޝަން ނައްތާލުމަށް އެންމެ ބުރަ މަސައްކަތެއް ކުރާ ސަރުކާރު: އެމްޕީ ރިފާޢު

31 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި

މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ކޮރަޕްޝަން ނައްތާލުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރާ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިފާޢު ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރު ވެގެންދާނީ ހަގީގީ މާނާގައި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރަކަށް ކަމަށެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅައް އަޅާ ދެމެހެއްޓެނިވި ފިޔަވަޅުތަކުގެ ސަބަބުން ޒަމާނުއްސުރެ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވާނެކަމަށް ވެސް ރިފާޢު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހުންނެވި ރައީސް އަކީ ހަމައެކަނި ނަމުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްދޭ ފަރާތެއް ކަމަށް ސިފަ ކުރައްވައި، ރިފާޢު ވަނި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮރަޕްޝަން ނައްތާލުމަށް އަޅަމުންގެންދާ އެދެވޭ ފިޔަވަޅުތައް ފާހަގަކުރައްވައިފައެވެ.

"އޭރުގެ ރައީސްއަކީ ނަމުން ޒީރޯ ޓޮލެރެންސް، މިހާރުގެ ރައީސް އަކީ ކަމުން ޒީރޯ ޓޮލެރެންސް. މި ވެރިކަމުގައި، ވައްކަން ކުރަނީ މަޖިލިސް މެމްބަރެއްތޯ، ކުންފުންޏެއްގެ އެމްޑީއެއްތޯ، ވަޒީރެއްތޯ ނުވަނަ ސިވިލް ސާވިސްގެ މުވައްޒަފެއްތޯ ނުބަލާ، އެމީހަކު އެކުރި ކުށަކަށް ހައްގުވާ އަދަބު ދެމުން އެގެންދަނީ،" އެމްޕީ ރިފާޢު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައްކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް އެތަކެއް ކަމެއް ރޭވިފައިވާ ކަމަށާއި، އެގޮތުން އޭރު ކޮރަޝަންގެ މައްސަލަތައް ބެލުމަށް ހަވާލުވެފައިވާ މުއައްސަސާތައް ތިބީ ގަދަ ނިދީގައިކަމަށް ވެސް ރިފާޢު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރުން މިވަނީ މިނިވަން މުވައްސަސާތައް ކޮރަޕްޝަނާ ދެކޮަޅަށް މަސައްކަތް ކުރުމަށް ގާނޫނީ ގޮތުން ލިބިދޭ ހުރިހާ ބާރެއް ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދީފައިވާކަން ވެސް ރިފާޢު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު