ENGLISH

21 އޭޕްރީލު 2025

Advertisement

ހަންގޭރީގައި މަތީ ތަޢުލީމް ހާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް 25 ސްކޮލާރޝިޕް

31 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ސްކޮލަރޝިޕް ޕްރޮގްރާމް 2025-2026 މެދުވެރިކޮށް ހަންގޭރީގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދިވެހި ދަރިވަރުންނަށް ފުލީ ފަންޑެޑް 25 ސްކޮލަރޝިޕް ދިނުމަށް ނިންމައިފިއެވެ.

މި ސްކޮލަރޝިޕްގެ ޖާގަތައް ބަހާފައިވަނީ ތަޢުލީމީ ފެންވަރަށް ބަލައިގެން، ބެޗްލަރސް ޑިގްރީ އަށް 8 ޖާގަ،  މާސްޓަރސް ޑިގްރީ އަށް 14 ޖާގަ އަަދި  ޑޮކްޓޯރަލް އަށް 3 ޖާގަ ދޭ ގޮތަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ އެއްވެސް ލޯނެއްގައި ރަނގަޅު ރެކޯޑް ދެމެހެއްޓުމާއި، މިހާރު ހުރި ފެންވަރަށް ވުރެ މަތީ ސަނަދަކަށް ކިޔަވަން ބޭނުންވުމާ އަދި ދައުލަތުގެ ޚަރަދުގައި ހިންގާ އެހެން އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވެފައި ނުވުން ހިމެނެއެވެ.

މި ސްކޮލާޝިޕްތަކާ ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ 1474 ނަމްބަރުގެ ހެލްޕްލައިނަށް ގުޅައިގެން ހޯދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު