ENGLISH

21 އޭޕްރީލު 2025

Advertisement

ހިންގުމުގެ ޚަރަދުން 200 މިލިއަން ކުޑަކުރެވިއްޖެ: މަތީނު

31 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ކުންފުނީގެ އިސް މެނޭޖްމަންޓް ޓީމާއެކު މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީނު މުޙައްމަދު ފޮޓޯއަކަށް ހުއްޓިގެން

ކުންފުނި ހިންގުމުގެ ޚަރަދުން، އަހަރު ނިމުނުއިރު 200 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީނު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން ގެނެސްދޭ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީނު ވިދާޅުވި ގޮތުގައި އެކަން ހާސިލް ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚަރަދުތައް ކުޑަކުރެއްވުމަށް ދެއްވި އިރުޝާދާ އެއްގޮތަށް މެނޭޖްމަންޓާއި ހުރިހާ ސްޓާފުން ވެސް ކުރި އިޚްލާސްތެރި މަސައްކަތުންނެވެ. 

އޭނާ ވިދާޅުވީ ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ވަގުތީ ގޮތުން  މަޑުޖައްސާލުމާއި އަގުހެޔޮކޮށް ކުންފުންޏަށް ތަކެތި ގަތުން ފަދަ ހެޔޮ ބަދަލުތައް ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގެނެވިފައެވެ. 

މަތީނު ވިދާޅުވި ގޮތުގައި ކުންފުންޏަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ އެންމެ މުޙިއްމު ހިއްސާދާރުންނަކީ ކުންފުނީގެ މުވައްޒަފުންނެވެ. އެހެންކަމުން އޭނާ ވަނީ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުންފުންޏަށް ލިބޭ ކުރިއެރުންތަކުގެ ފައިދާ މުވައްޒަފުންނަށް ވެސް ކުރާނެ ކަމުގެ ޔަގީންވެސް މަތީން ރޭ ވަނީ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު