ENGLISH
21 އޭޕްރީލު 2025
މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
31 ޑިސެމްބަރު 2024
|
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އަދި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން، ޖަނަވަރީ 1 އިން 5 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ބާރުވެ ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެންޑީއެމްއޭގެ އެކްސް ޕޯސްޓެއްގައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ދުރާލާ ރައްކާތެރިވުމަށް އިލްތިމާސްކުރައްވައިފައެވެ.
މީގެ ތެރޭގައި، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމާއި، ކުރިޔާލާ ގޭގެ ފުރާޅުތައް ވައު ނުވަތަ ގައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހަރުކުރުން ހިމެނެއެވެ. އަދި ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗަށް ދަތިނުވާގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.