ENGLISH

21 އޭޕްރީލު 2025

Advertisement

ވެމްކޯގެ ޚިދުމަތް ކ. ގުރައިދޫގައި ފަށައިފި

31 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ކ. ގުރައިދޫގައި ފަށައިފިއެވެ.

މި ޚިދުމަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ އާއިލީ ހަވީރެއް ބާއްވާފައެވެ. 

"ފައްޓަމާ: އާއިލީ ހަވީރު" ގެ ނަމުގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާޖީ ތޯރިގު އިބްރާހީމެވެ. 

ވެމްކޯގެ ޚިދުމަތް ގުރައިދޫގައި އަލަށް ފެށުމާ ގުޅިގެން، ވެމްކޯގެ ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. ކުނި މެނޭޖުކުރުމުގެ މުހިންމުކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ވެސް ކިޔައިދީފައިވެއެވެ. 

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގުރައިދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވެމްކޯއަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ތަޢާރަފްކުރެވުނު ޚިދުމަތާއެކު ރަށުގެ ކުނި އުކާލުމާއި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާވެ، ރަށުގެ ސާފުތާހިރުކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު