ENGLISH

21 އޭޕްރީލު 2025

Advertisement

އަންނަ އަހަރަށް އިސްލާމިކް މިނިސްޓްރީން ރާވާފައިވާ މުހިންމު ޙަރަކާތްތައް އިފްތިތާހްކޮށްފި

31 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

2025 ވަނަ އަހަރަށް އިސްލާމިކް މިނިސްޓްރީން ރާވާފައިވާ މުހިންމު ހަރަކާތްތަށް މިއަދު އިފްތިތާހް ކުރަށްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ރާވާފައިވާ މުހިންމު ހަރަކާތްތަށް އިފްތިތާހް ކޮށްދެއްވީ އެކަމަށްޓާކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑރ މުޙައްމަދު ޝަހީޟް އަލީ ސަޢީދު އެވެ. އެގޮތުން ނަމާދުގެ މަތިވެރި އަޅުކަން 2025 އާއި އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭން ނުވަތަ އެކްޓިވިޓީ ކަލަންޑާރުގެ އިތުރުން ރިސާލަތު ޕްރޮގްރާމް ވެސް ވަނީ އިފްތިތާހްކޮށްފައެވެ. 

މި ހަރަކާތްތަށް އިފްތިތާހް ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، 2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމަށެވެ. ދިވެހި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ލިބުނު އަހަރު ކަމަށާއި ދިވެހި ރާއްޖޭގެ ތާރީހުގައި ވަރަށް ގިނަ އަދަދަކަށް ޤުރުއާން ހިތުދަސް ކުރި ހާފިޒުން ނެރެވުނު އަހަރެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޝާހީމް ވިދާޅުވީ 2024 ވަނަ އަހަރަކީ އިސްލާމީގޮތުން މުހިންމު މަސއްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި ވަރަށް ގިނަ ކަންތަށް ކުރެވުނީ ފައިސާއެއް ނެތިކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތަށްތަށް ކުރެވިފަމިވަނީ ފައިސާއެއްވެސް ނެތި، އެއީ އިޤްތިސޯދީ ދަތިކަމުގައި އޮތް ވާހަކަ މިދެންނެވީ، އެހެން ނަމަވެސް ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުމެންގެ ގާތް ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ތެރެއިން އަޅުގަނޑުމެން އަތުގައި ލާރި ނެތްކަމުގެ އިހްސާސެއް ނުކުރެވެ، އަޅުގަނޑުމެންވަނީ ވަރަށް ގިނަ ކަންތަށްތަކެއް ހާސިލް ކޮށްފަ." - މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

2025 ވަނަ އަހަރު ފަށަނީ އާ އަޒުމަކާއި އާ ހިތްވަރަކާއި އެކު ކަމަށާއި އަންނަ އަހަރުވެގެން ދާނީ  އިސްލާމީ ކަންތަށްތަކާއި ބެހޭ ވުޒާރާއަށް އުފާވެރި ދުވަސްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 2025 ވަނަ އަހަރު އެންމެ އުންމީދު ކުރަނީ އެންމެ ބޮޑަށް ބޭނުންވެފައިވާ ވަޤުފް ބިލްޑިންތަށް އާރާސްތު ކުރެވި ދިވެހި ރާއްޖޭގެ ޒަކާތު ހައުސް ބިލްޑިން އެޅިގެން ދިއުންކަމަން ވަޒީވަނީ ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތަށްތަކާއި ބެހޭ ވުޒާރާގެ އެކްޝާން ޕްލޭންގެ އަމާޒަކީ އިސްލާމްދީނުގެ ޝިއާރުތަށް ފާޅު ކުރުމާއި، ދީނީ މަޢުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމުކޮށް، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓާއި ދީނީގޮތުން ހޭލުންތެރި މުޖްތަމަޢެއް ބިނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު