ENGLISH
21 އޭޕްރީލު 2025
އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
31 ޑިސެމްބަރު 2024
|
މީލާދީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މިރޭ ފަސް މިނެޓަށް ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތާއި ގުޅިގެން މީގެ ކުރިން ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
އާ އަހަރު ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ އާއި ބުދަ ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ދާނެއެވެ.
މި ފެސްޓިވަލްގައި ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތައް ވެސް ދައްކާލާނެވެ.