ENGLISH
21 އޭޕްރީލު 2025
ޤައުމީ އެއާލައިނުން ގެންނަ ބޮޑު ބޯޓު ދައްކާލަން އެއާޝޯއެއް ބާއްވަނީ
31 ޑިސެމްބަރު 2024
|
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ޚާއްސަ އެއާޝޯއެއް ބާއްވަން ނިންމައިފިއެެވެ.
މޯލްޑިވިއަން އެއާލައިން އިން ބުނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ އެއާލައިނުން ސޯޝައަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޝޯ ކުރިއަށްދާނީ ހޯމަ ދުވަހު 17:00 އިން 17:30 އަށް ކަމަށެވެ. މޯލްޑިވިއަނުން ބުނީ މި ޝޯ މާލޭގެ އުސްފަސްގަނޑާއި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އިރުމަތީ ފަރާތު އަތިރިމަތީ ސަރަހައްދުން ފެންނާނެ ކަމަށެވެ. މޯލްޑިވިއަނުން ބާއްވާ މި އެއާޝޯގައި އެ އެއާލައިނުގެ ފްލީޓުތަކުގައި ބޭނުންކުރާ ބޯޓުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މަހު ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ.