ENGLISH

21 އޭޕްރީލު 2025

Advertisement

މާލެ އާއި ހުޅުމާލޭގެ ފެނުނުގެ ވިއުގަ އަންނަ އަހަރުގެ ތެރޭގައި ގުޅާލެވޭނެ: މަތީނު

31 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ އަންނަ އަހަރުގެ ތެރޭގައި ގުޅާލެވޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީނު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ 2018 ވަނަ އަހަރު ބްރިޖުގެ މަސައްކަތާއެކު މާލެ އާއި ހުޅުމާލެއާ ދެެމެދު ފެން ހޮޅި އޮތީ އަޅާފައެވެ. އެހެންނަމަވެސް ޕަމްޕު ސިސްޓަމް މިހާތަަނަށްވެސް ހުރީ ގާއިމް ނުކޮށެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދެކޮޅުގައި ގާއިމްކުރަން ޖެހޭ ޕަމްޕު ސިސްޓަމްގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެ މަސައްކަތް މިފެށޭ 2025 ވަނަ އަހަރު މުޅިން ނިންމާލައި، ޚިދުމަތަށް ތައްޔާރު ކުރެވޭނެ ކަމަށެވެ. 

މަތީނު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ކެޕިޓަލް ސިޓީގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭ މުޙިއްމު މަސައްކަތެކެވެ. އެމަސައްކަތް ނިމުމުން، މާލެ ނުވަތަ ހުޅުމާލޭގައި މަރާމާތުގެ މަސައްކަތެއް ނުވަތަ ފެނުގެ ޚިދުމަތް މެދުކެނޑިގެންދާ ހާލަތެއްގައި ފަސޭހަކަމާއެކު ހުޅުމާލެ އާއި މާލެއާ ދެމެދު އަދި މާލެ އާއި ހުޅުމާލެ އާ ދެމެދު ފަސޭހަ ކަމާއެކު ފެން ފޯރުކޮށްދެވޭނެއެވެ. 

އޭގެ އިތުރުން ފެން އުފައްދާ މިންވަރާއި ފެން ރައްކާކުރެވޭ މިންވަރު އިތުރު ކުރުމަށް ވެސް އެކުންފުނިން މަސައްކަތްތަކެއް ކުރަމުންދާކަން މަތީ ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 5000 ޓަނުގެ ފެންއުފައްދާ ދެ ޕްލާންޓް ގާއިމް ކުރުމަށް ބީލަމުގެ އުސޫލުން މިހާރު ވަނީ ބަޔަކު ނަގާފައެވެ. 

މަތީނު ވިދާޅުވި ގޮތުގައި އެ ޕްލާންޓްކުގެ އެހީގައި ފެން އުފެންދުން 30 ޕަސެންޓް އިތުރު ކުރެވިގެންދާނެއެވެ. 

އަދި 2025 ވަނަ އަހަރުގެ ތެރޭގައި ފެން ރައްކާ ކުރެވޭ މިންވަރު ދެގުނަ ކުރުމަކީ ވެސް ކެޕިޓަލް ސިޓީގެ ވޯޓަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމެއް ކަމަށް މަތީނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު