ENGLISH

04 ޖުލައި 2025

Advertisement

މާލެއާ 900 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ

30 ޑިސެމްބަރު 2024

|

ހަސަން އާމިރު

ރާއްޖޭގެ ދެކުނުން، ވެރިރަށް މާލެއާ 912 ކިލޯމީޓަރު ދުރަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވިދާޅުވީ އިންޑިއާ ކަނޑުގެ ކާލްސްބާގް ރިޖަށް އައި މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 4.7 އެއް ކަމަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެ އެވެ.

ބިންހެލުމަކާ ގުޅިގެން ރާއްޖެ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 26 ޑިސެމްބަރު 2004 ގައި އެރި ސުނާމީގަ އެވެ. އިންޑޮނީޝިއާގެ ސުމަތުރާ އަށް އެފަހަރު އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ރާއްޖެ އިން 82 މީހުން މަރުވެ 26 މީހުން ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު