ENGLISH

04 ޖުލައި 2025

Advertisement

ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު، އެމެރިކާގެ ރައީސް އަށް ތަޢުޒިޔާ ވިދާޅުވެއްޖެ

30 ޑިސެމްބަރު 2024

|

ހަސަން އާމިރު

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރައީސް ޖޯސެފް އާރް ބައިޑަން އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވަނީ ޖިމީ ކާޓަރގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައިކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ހަޔާތަކީ ދުނިޔެ އަށް ނަމޫނާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވަމުން ވަނީ ރައީސް ޖިމީ ކާޓަރގެ އާއިލާއަށާއި އެމެރިކާގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ދުނިޔޭގެ ސުލްޙައިގެ އިނާމު ހާޞިލް ކުރައްވާފައިވާ ޖިމީ ކާޓަރ އަވަހަރާވީ އުމުރުފުޅުން 100 އަހަރުގައެވެ. ކާޓަރ އެމެރިކާގެ ރައީސްކަމުގެ މަގާމު އަދާކުރެއްވީ 1977 އިން 1981 ވަނަ އަހަރަށެވެ.

ކާޓަރގެ ވެރިކަން ނިމުނު އިރު އޭނާގެ މަޤުބޫލުކަން ގެއްލުނު ނަމަވެސް އެމަނިކުފާނަކީ އިންސާނީ ހައްޤުތަކަށާއި ޞުލްޙައަށް ވަކާލާތުކުރެއްވި ވަރުގަދަ ޝަޚުސިއްޔަތެކެވެ. 


ކިޔުންތެރިންގެ ހިޔާލު