ENGLISH

25 ޖުލައި 2026

Advertisement

ޖުޑީޝަރީގެ އުންމީދެއްގައި ކުލަޖެހެނީ؛ ހުޅުމާލޭގައި މާލޭ ކޯޓް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

25 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ހުޅުމާލޭގައި މާލޭ ކޯޓް ކޮމްޕްލެކްސް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ހުޅުމާލޭގައި މާލޭ ކޯޓް ކޮމްޕްލެކްސް ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ،ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ،ސްޓޭޓް މިނިސްޓަރ ޢަލްއުސްތާޛް ޔޫސުފް ޢަބުދުލްޤަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.

ހުޅުމާލޭގައި މާލޭ ކޯޓް ކޮމްޕްލެކްސް ހެދުމުގެ މަޝްރޫޢުގައި ސޮއިކުރުމުގެ ތެރެއިން

މި މަޝްރޫޢުގެ ދަށުން، 29,490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. އަދި މި އިމާރަތުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު،ފެމިލީ ކޯޓު،ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. 

މި މަޝްރޫޢަކީ ޖުމްލަ 699.86 މިލިއަން ރުފިޔާ އަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު،ޝަރުޢީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވެއެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.  

ކިޔުންތެރިންގެ ހިޔާލު