ENGLISH
25 ޖުލައި 2026
ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ފަށައިފި
24 ޖުލައި 2026
|
ހުޅުމާލޭގައި ކުރިއަށްދާ "ސައްބީސް ކާނިވަލް" ގެ ތެރެއިން - ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަލް އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން "ސައްބީސް ކާނިވަލް" ނަމުގައި ޚާއްސަ ކާނިވަލެއް ފަށައިފިއެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާނެއެވެ އަދި މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖުލައިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ހުޅުމާލޭގައި "ސައްބީސް ކާނިވަލް"ގެ ތެރެއިން
ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާނިވަލުގައި ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ކުޑަކުދިންނަށް ޚާއްސަ އޭރިއާ އަދި އިންފްލޭޓަބަލްސް ހިމެނެއެވެ.
މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތަކާއި، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައްވެސް ކާނިވަލްގެ ތެރެއިން ފެނިގެންދާނެކަން ފާހަގަކޮށްލެވެއެވެ.
އެޗްޑީސީން ބުނީ މި ކާނިވަލުގެ މައިގަނޑު މަޤުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުން ކަމަށެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެއްކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމެވެ.