ENGLISH
25 ޖުލައި 2026
ބޮޑުތަކުރުފާނު މަގުގައި ޕާކްކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
24 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގު - ފޮޓޯ: އެމްޓީސީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަޙައްދު ހުޅުވާލާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގެ މަސައްކަތް ނިމުމުން މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު އެއްކޮށް ހުޅުވާލާފައިވާކަމަށެވެ.
ފުލުހުން ބުނީ އުޅަނދުތައް ޕާކްކުރަންވާނީ ހަމައެކަނި އެކަމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައިކަމަށެވެ. އަދި އެނޫންތަނެއްގައި ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބީއެމްއެލް ހެޑްއޮފީސް ކުރިމަތީގައި ވަނީ ޕާކިން ޒޯނެއް ތަރައްޤީކޮށްފައެވެ. އެ ޕާކިން ޒޯނަކީ، 500 ސައިކަލު ޕާކު ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނެކެވެ. މަގު ތަަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ވަނީ ތަރައްޤީކޮށްފައެވެ.