އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކަށް ކުދިން ވައްދަން ހުޅުވާލައިފިއެވެ.
ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހެވެ.
އެޕްލިކޭޝަން ފޯމު ހުށައެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން:
- އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުކަން ކަށަވަރުކުރަން ވާނެއެވެ.
- އެޕްލިކޭޝަން ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެސް އަދި މޯބައިލް ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑްރެސް އަދި މޯބައިލް ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރކުރެވޭނެ މަޢުލޫމާތެވެ. އަދި މި މަޢުލޫމާތު ސްކޫލްތަކާއި ހިއްސާކުރެވޭނެއެވެ.
- މި ފޯމަށް އަޕްލޯޑްކުރަންޖެހޭ އިތުރު ލިޔެކިޔުންތަކަކީ:
ދިވެހި ދަރިވަރެއްނަމަ:
- ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަ ނަމަ)އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
- ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
- ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
- ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަ ނަމަ)
- އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
ބިދޭސީ ދަރިވަރެއްނަމަ:
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ދަރިވަރުގެ)މުއްދަތު ހަމަނުވާ ވިސާ ކޮޕީ (ދަރިވަރު އަދި ބެލެނިވެރިޔާގެ)ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަނަމަ)އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ބެލެނިވެރިޔާގެ)މުއްދަތު ހަމަނުވާ ވޯކް ޕާމިޓްދިރިއުޅޭ ގޭގެ މައުލޫމާތު:އަމިއްލަ ގެއެއްނަމަ – ގޭގެ ރަޖިސްޓްރީ ހުށައެޅުންކުއްޔަށް ދިރިއުޅޭނަމަ – އެގްރީމެންޓް ކޮޕީގެ ފުރަތަމަ އަދި ފަހު ސަފްހާ (ސޮއި ކޮށްފައިވާ ސަފްހާ) ހުށައެޅުންބެލެނިވެރިޔާ ނޫން އެހެން ފަރާތަކުން ކުއްޔަށް ނަގާފައިވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ނަމަ – އެގްރީމެންޓް ކޮޕީ އަދި ދަރިވަރުގެ ބެލެނިވެރިޔާ އަދި ދަރިވަރު އެޕާޓްމެންޓް / ފްލެޓް / ގޭގަ ދިރިއުޅޭ ނުވަތަ ދިރިއުޅެން އެއްބަސްވެފައިވާކަމަށް ސޮއި ކޮށްފައިވާ ލިޔުން. މިލިޔުމާއި އެކު ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ އެޓޭޗްކުރަންވާނެއެވެ.
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ދަރިވަރުގެ)
- މުއްދަތު ހަމަނުވާ ވިސާ ކޮޕީ (ދަރިވަރު އަދި ބެލެނިވެރިޔާގެ)
- ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަނަމަ)
- އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ބެލެނިވެރިޔާގެ)
- މުއްދަތު ހަމަނުވާ ވޯކް ޕާމިޓް
- ދިރިއުޅޭ ގޭގެ މައުލޫމާތު:އަމިއްލަ ގެއެއްނަމަ – ގޭގެ ރަޖިސްޓްރީ ހުށައެޅުންކުއްޔަށް ދިރިއުޅޭނަމަ – އެގްރީމެންޓް ކޮޕީގެ ފުރަތަމަ އަދި ފަހު ސަފްހާ (ސޮއި ކޮށްފައިވާ ސަފްހާ) ހުށައެޅުންބެލެނިވެރިޔާ ނޫން އެހެން ފަރާތަކުން ކުއްޔަށް ނަގާފައިވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ނަމަ – އެގްރީމެންޓް ކޮޕީ އަދި ދަރިވަރުގެ ބެލެނިވެރިޔާ އަދި ދަރިވަރު އެޕާޓްމެންޓް / ފްލެޓް / ގޭގަ ދިރިއުޅޭ ނުވަތަ ދިރިއުޅެން އެއްބަސްވެފައިވާކަމަށް ސޮއި ކޮށްފައިވާ ލިޔުން. މިލިޔުމާއި އެކު ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ އެޓޭޗްކުރަންވާނެއެވެ.
- އަމިއްލަ ގެއެއްނަމަ – ގޭގެ ރަޖިސްޓްރީ ހުށައެޅުން
- ކުއްޔަށް ދިރިއުޅޭނަމަ – އެގްރީމެންޓް ކޮޕީގެ ފުރަތަމަ އަދި ފަހު ސަފްހާ (ސޮއި ކޮށްފައިވާ ސަފްހާ) ހުށައެޅުން
- ބެލެނިވެރިޔާ ނޫން އެހެން ފަރާތަކުން ކުއްޔަށް ނަގާފައިވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ނަމަ – އެގްރީމެންޓް ކޮޕީ އަދި ދަރިވަރުގެ ބެލެނިވެރިޔާ އަދި ދަރިވަރު އެޕާޓްމެންޓް / ފްލެޓް / ގޭގަ ދިރިއުޅޭ ނުވަތަ ދިރިއުޅެން އެއްބަސްވެފައިވާކަމަށް ސޮއި ކޮށްފައިވާ ލިޔުން. މިލިޔުމާއި އެކު ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ އެޓޭޗްކުރަންވާނެއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް ދިރާސީ ކަލަންޑަރުގައި އޮތީ އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު ވެސް ދަރިވަރުންނަށް އަހަރު ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުގައެވެ. އަދި އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17، 2027 ގައެވެ.