ENGLISH
24 ޖުލައި 2026
ސަރުކާރުން މަގު ތަރައްޤީ ކުރަނީ އާންމުންގެ ފަސޭހައަށް: ވަޒީރު ޑރ. މުއްޠަލިބް
24 ޖުލައި 2026
|
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ސަރުކާރުން އިސްކަންދީގެން މާލޭގެ މަގުތައް ތަރައްޤީ ކުރަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ލުއިކޮށްދީ، މާލެއަކީ ހިތްފަސޭހަކޮށް ދިރިއުޅެވޭނެ ތަނަކަށް ބަދަލު ކުރުމަށްޓަކާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލުން ފާހަގަ ކުރުމުގެ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މަގުފުޅާ ކުރުމަކީ ހަމަކަނި މާލޭގެ ދިރިއުޅޭ ފަރާތް ތަކަށް އެކަނި ލުއި ފާސޭހަ ވެގެންދާނެ ކަމެއް ނޫންކަމަށާއި، މާލެ އަންނަ ޓޫރިސްޓުންނަށާއި، މާލޭގަ ކުރާ ވިޔަފާރި ތަކަށާއި، މާލެއަށް ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ތަކަށާއި އަދި މީގެ އިތުރުންވެސް މާލެއަށް މުދާ ގެނެސް ވިއްކާ ފަރާތްތަކަށް ލުއި ފަސޭހަކަން ލިބިގެންދާނެ ކަމެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާރުކޭޓް ސަރަޙައްދު ފުޅާ ކުރުމަށްފަހު ވެސް އެ ސަރަޙައްދުގެ އެއްވެސް ވަގުތެއް ޓްރެފިކް ބޮޑުވެގެން ދަތުރު ނުކުރެވޭ ހާލަތަކަށް ނުދާ ކަމަށާއި، އަދި މީގެ އިތުރުންވެސް ޓްރެފިކް މެނޭޖްކުރުމަށްޓަކައި އިތުރު ކަންތައްތައް ކުރަންޖެހޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ އިތުރު ވިސްނުމަކީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމާއެކު،މާލޭގެ އެތެރޭގެ މަގުތައްވެސް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް ތަރައްޤީ ކުރުން ކަމުގައި ވަޒީރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތަކީ ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތެއް ކަމާއި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ބަނދަރުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި ރައްޔިތުން މަޑުކޮށްލާ ސަރަހައްދުތައް ހިޔާ ކުރުން، ފަދަ ކަންތައްތައް ވެސް ކުރިއަށް ގެންދާނެކަމަށެވެ.
ސަރުކާރުން އެންމެ އިސްކަންދީގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ދިމާވެފައޮތް މަގުތައް ތޮއްޖެހިފަހުރި މައްސަލަ ހައްލުކުރުމުގެ ގޮތުން މަގުތައް ފުޅާކޮށް ހެދުމުގެ މަސައްކަތް ކުރުން ކަމަށެވެ. އަދި މަގު ހެދުމުގެ އިތުރުން ވެސް ސަރުކާރުން އިތުރު ކަންތައްތަކެއް ވެސް ރާވައިގެން ކުރިއަށް ގެންދާ ކަމަށް ވާޒީރު ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.