ENGLISH

24 ޖުލައި 2026

Advertisement

ކުޅިވަރު ކުޅުންތެރިން ކުރިއެރުވުމަށް ކިއުބާގެ ސަފީރާއެކު މަޝްވަރާކުރައްވައިފި

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ކިއުބާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުވުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކުޅިވަރު ކުޅުންތެރިން ތަރައްގީކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރާ މަޝްވަރާކުރައްވައިފިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމާއި ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރީޝިއާ ލަޒާރާ ޕެގޯ ގުއެރާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކުޅިވަރު ކުޅުންތެރިން ތަރައްގީކޮށް ކުރިއެރުވުމަށް ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު