ENGLISH
24 ޖުލައި 2026
އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ގާއިމްކޮށް ނިމެނޭ: ރައީސް
24 ޖުލައި 2026
|
ފުވައްމުލައް ސިޓީގެ މާދަޑު އަވަށު ފުޓްސަލް ދަނޑު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފައިލް ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ގާއިމްކޮށް ނިމެނޭ ކަމަށާއި، މިއަހަރުގެ ނިޔަލަށް ދެބަައިކުޅަ އެއްބައި ރަށުގައި އެ ވަސީލަތްތައް ނިމޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
'ޕަލްސް ޕޮސްކާސްޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެއިތުރަށް އެކި ސިޓީތަކުގައި ވެސް ޔޫތު ހަބުދަށް ހެދުމަށް ވަނީ ހަވާލުކުރެވި އެގްރީމަންޓް ހަދާ ފައިސާ ވެސް ދީ މަސައްކަތުގެ ސްޓޭޖުގައި ކަމަށެވެ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެ ތަންތަން ވެސް ނިމިގެންދިއުމުން މާލެ ފަދައިން އަތޮޅުތެރޭގައި ވެސް ޔޫތްހަބްތައް ހުންނާނެ ކަމަށެވެ.
އޭގެއިތުރަށް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީއަކީ މާލެ ކަމުން، މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ެފަދަ މަރުކަޒު ޤާއިމުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށް ކުޅިވަރު ކުޅޭ ފެސިލިޓީތަކަށް ބަލާ އިރު، ވެރިކަމަށް ވަޑައިގެންނެވި އެފަދަ ތަންތަން ވަރަށް މަދު ކަމަށެވެ. އެހެންނަމަވެސް މިހާރު ފަށައިގެން އުޅޭ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިމިގެންދާ އިރު މި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް، އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި ވެސް އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒެއް ހުންނާނެ ކަމަށެވެ.
"މިހާރު އެ ދަނީ އެތައް ރަށެއްގައި އޭގެ ފިޒިކަލް ޢަމަލީ މަސައްކަތްތައްވެސް ކުރިއަށް. ބައެއް ރަށްތަކުގައި މިހާރު އެފްއާރުސީތައް ބިނާކޮށް އެސެމްބަލްކޮށް ވެސް ނިމިއްޖެ. ނިމެންވެސް އެބަދޭ މި އަހަރުގެ ފަހުކޮޅަށް ދާއިރުގައި ގާތްގަނޑަކަށްގައި ދެބައިކުޅަ އެއްބައި ރަށުގަ ހުންނާނީ ނިމިފަ ހެން. ދެން މި އަންނަ އަހަރުގެ މެދުތެރެއަށް ދާންވޭ އިރާދަކުރެއްވިއްޔާ ގިނަ ރަށްތަކެއް ނިމި އަހަރުގެ ފަހުކޮޅަށް ނޮވެމްބަރާ ހަމައަށް ދާއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި އިންނާނީ ކޮމްޕްލީޓްވެފައި، އެއީ އަޅުގަނޑުމެން ޕްލޭނަކީ"، ރައީސް ވިދާޅުވިއެވެ.
އޭގެއިތުރަށް މާލޭގެ ސޯޝަލް ސެންޓަރު ފަދަ ސެންޓަރުތައް ހުންނަންވާނީ މާލޭގައި އެކަނި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެ ކޮންސެޕްޓްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ހުންނަންޖެހޭނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ގާތްގަނޑަކަށް 15 ވަރަކަށް ރަށުގައި އެފަދަ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމުގެ ވިސްނުންފުޅުގެ ދަށުން ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް މިހާރު ހަވާލުކުރެވި މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
1200 މީހުންނަށް އެއްފަހަރާ، ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީގައި ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއްގެ، ކުޅިވަރުތައް ކުޅެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކަކަށް އެތަންތަން ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ރަށްތައް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.