ENGLISH

24 ޖުލައި 2026

Advertisement

ސަރުކާރުގެ އިތުރު 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ކުންފުނިތަކަށް އައްޔަނުކުރެއްވި ބޭފުޅުން.

ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އައިލެންޑް އޭވިއޭޝަނަށެވެ.

މި ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރި ބޭފުޅުންނަކީ:

  • ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ. ޝާހީން، ޢަބްދުﷲ ޔާމީން.
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބާނީ، އަޙްމަދު މާޒިން.
  • ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ.
  • އައިލެންޑް އޭވިއޭޝަން ސާވިސަސް: ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް.

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަން ފޮނުވުމުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު