ENGLISH
22 ޖުލައި 2026
މުހިއްމު މަޝްވަރާތަކެއް ހިމެނޭ ސްޕޯޓްސް ފިޝިންގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވާން ހުޅުވާލައިފި
22 ޖުލައި 2026
|
މީހަކު މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރު: މިނިސްޓްރީން ވަނީ މި ދާއިރާގެ ގަވައިދާއި މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބައްދަލުވުމެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ--ފޮޓޯ،ފިޝިން މޯލްޑިވްސް ޑޮޓްކޮމް
އެންމެ މަޤްބޫލު
ސްޕޯޓްސް ފިޝިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމަކީ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި ޤަވައިދު އެކުލަވާލުމަށް، ސިލްސިލާކޮށް ކުރިޔަށް ގެންދާ ބައްދަލުވުމެއްކަމަށެވެ. އެގޮތުން މިއީ މާލެގައި ބާއްވާ މިފަދަ ދެވަނަ ބައްދަލުވުންކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރުގެ ހުރިހާ ހަރަދެއް މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށްވެސް ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި ފެށޭ އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން https://tinyurl.com/4smwztxa ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވާ މިކަމާއި ގުޅުންހުރި ޕޯސްޓްތަކުގައި ހިމަނާފައިވާ ކިއުއާރު ކޯޑު މެދުވެރިކޮށްވެސް ރަޖިސްޓްރީ ވެވޭނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.