ENGLISH
22 ޖުލައި 2026
ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހޭދައެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް
22 ޖުލައި 2026
|
ސްޓެލްކޯގެ އިމާރާތް ތެރޭގައި ބަހައްޓާފައި ހުރި ތެޔޮ ފީފާ ތަކެއް. ފޮޓޯ؛ ދައުރު
އެންމެ މަޤްބޫލު
ސަރުކާރުން ސަބްސިޑީއަށް ކުރި ހޭދަ 86 އިންސައްތަ އިތުރުވެއްޖެއެވެ.
އަސާސީ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފަދަ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ހުންނަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.
މިގޮތުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ މިއަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުންނެވެ.
ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ދަތުރުފަތުރުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު 128.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރު އެ އަދަދު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
މިދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ސަބްސިޑީއަށް ކުރި މުޅި ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލާއި ކަރަންޓުގެ ސަބްސިޑީއެވެ.
އަސާސީ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފަދަ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ހުންނަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.
މިގޮތުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ 2026 ވަނަ އަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެއްކަމަށް މާލީ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
މާލީ ވުޒާރާއިން ބުނީ ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުންކަމަށެވެ. އެގޮތުން، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުގެ ސަބަބުންނެވެ.