ENGLISH

22 ޖުލައި 2026

Advertisement

އިސްލާމީ ދާއިރާގެ 18 މަޝްރޫއެއް ރޯދައިގެ ކުރިން ނިންމަނީ

22 ޖުލައި 2026

|

އައިމިނަތު ޝަފާ

އިސްލާމީ ދާއިރާގެ 18 މަޝްރޫއެއްގެ މަސައްކަތް އަންނަ ރޯދައިގެ ކުރިން ނިމޭނެކަމަށް ވަޒީރު ވިދާޅުވި.

އިސްލާމީ ދާއިރާގެ 18 މަޝްރޫއެއްގެ މަސައްކަތް އަންނަ ރޯދައިގެ ކުރިން ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަޒީރު ވިދާޅުވީ އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.

" މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ދާއިރާގެ މަޝްރޫއުތަކުގެ ތެރެއިން 16 މިސްކިތާއި، ގުރުއާން މަރުކަޒުގެ ގޮފީގެ ދެ މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމިގެންދާނެ،". ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލެވިގެންދާނެ ކަމަށާއި އަދި އަންނަ އަހަރުގެ ފަހުކޮޅުގައި ވަގުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިނ ވިދާޅުވީއިރު މިހާރުވެސް އިސްލާމީ ދާއިރާގެ ޖުމްލަ 79 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި 45 މިސްކިތެއް ބިނާކުރުމާއި، 12 އިސްލާމީ މަރުކަޒެއްގެ އިތުރުން 16 ގުރްއާން ސެންޓަރަކާއި ވަގުފު އިމާރާތް ބިނާކުރުމުގެ ހަ މަޝްރޫއެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު