ENGLISH

22 ޖުލައި 2026

Advertisement

ފައިނުގައި ތަރައްގީކުރާ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

22 ޖުލައި 2026

|

އާމިނަތު ނުޒްލާ

ފައިނު ސިއްހީ މަރުކަޒުގައި ތަރައްގީކުރާ އާ އިމާރާތުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ރ. ފައިނު ކައުންސިލް

ރ. ފައިނު ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށް ފައިނު ކައުންސިލުން ބުނެފިއެވެ.

ފައިނު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ލީން އެޅުމުގެ މަސައްކަތްތަކެވެ.

ފައިނު ސިއްހީ މަރުކަޒުގައި ތަރައްގީކުރާ އާ އިމާރާތުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ރ. ފައިނު ކައުންސިލް

މި އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. މި މަޝްރޫއަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަސައްކަތެކެވެ. މިގޮތުން، ތިން މަރުހަލާއަކަށް ބަހާލައިގެން 21 ހޮސްޕިޓަލެއްގެ މަސައްކަތާއި، 19 ސިއްހީ މަރުކަޒެއް އަލަށް އިމާރާތްކުރުމުގެ އިތުރުން 33 ސިއްހީ މަރުކަޒެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި މަސައްކަތްތައް ނިމުމުން، ރަށްރަށުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިވެ، ގިނަ ޚިދުމަތްތަކެއް ރަށު ފެންވަރުގައި ފަސޭހަކަމާއެކު ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު