ENGLISH
22 ޖުލައި 2026
ބީއެމްއެލް މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ލުއިފަސޭހަތަކެއް
22 ޖުލައި 2026
|
ބީއެމްއެލް މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގއަށް ބަދަލުތަކެއް ގެނައުން - ފޮޓޯ: ބީއެމްއެލް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ބޭންކުގެ މޮބައިލް އެޕްލިކޭޝަނާއި އިންޓަރނެޓް ބޭންކިންގެ ޑިޖިޓަލް އެސިސްޓަންޓް 'އާޔާ' އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މި ގެނެވުނު ބަދަލުތަކާއެކު، 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބު ލިބި، ބޭންކިންގެ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އިތުރު އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފަކާ ސީދާ ގުޅާލުމުގެ ފުރުސަތުވެސް މިހާރު ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މިއީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި އައު ބަދަލާ ގުޅިގެން، މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގައި މީގެ ކުރިން ބޭނުންކުރަމުން އައި 'މެސެޖިންގް' ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ބަދަލުގައި، ދެން ހުރިހާ މުޢާމަލާތްތަކެއްވެސް ކުރިއަށްދާނީ މި އައު ނިޒާމުގެ ތެރެއިންކަމަށް ވެސް ބޭންކިން މައުލޫމާތު ދީފައިވެއެވެ.
ބީއެމްއެލްގެ އަމާޒަކީ ޑިޖިޓަލް ބޭންކިންގް ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ލުއިފަސޭހަ ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.