ENGLISH

22 ޖުލައި 2026

Advertisement

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި

22 ޖުލައި 2026

|

އައިމިނަތު ޝަފާ

ވޭލާނޭގެ. ފޮޓޯ؛ ސަންގު.

ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ. 

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ ޕާމަނަންޓް ސެކްރެޓަރީންނާއި، ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތްތަކަށާއި، އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ގެންނަ ބަދަލު:

  •  ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 - އަސާސީ މުސާރަ އަށް 23،935 ރުފިޔާ އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065 ރުފިޔާ. 
  • ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 - އަސާސީ މުސާރައަށް 23،935 ރުފިޔާ އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065 ރުފިޔާ. 
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 - އަސާސީ މުސާރައަށް 18،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރުފިޔާ. 
  • ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 - އަސާސީ މުސާރައަށް 10،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000ރުފިޔާ. 

މީގެ އިތުރަށް އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖޯ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް ބަދަލު ގެނެސްފައިވާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. 

މީގެ ކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި 53،000 އެއްހާ ރުފިޔާ ލިބެއެވެ. 

މި ބަދަލަށް އަަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު