ENGLISH
21 ޖުލައި 2026
މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލް އެކެޑަމީ އާއި އިންސެފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
20 ޖުލައި 2026
|
ބީއެމްއެލް އެކެޑަމީ އާއި އިންސެފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްެއެލް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި، ބީއެމްއެލް އެކެޑަމީ އާއި އިންސެފް ޔުނިވަރސިޓީއާ ދެމެދު އިސްތިރާޖީ ބައިވެރިވުމެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މި ފަހުމުނާމާގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ދުނިޔޭގެ ފެންވަރުގެ ތަފާތު ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އިލްމާއި މައުލޫމާތު ހިއްސާކުރުމާއި، ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އެކެޑަމީ އާއި އިންސެފް ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްެއެލް
ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިންގ ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ މުއައްސަސާއެކެވެ. މީގެ ކުރިންވެސް ބީއެމްއެލް އިން ވަނީ މުވައްޒަފުންގެ ކުރިއެރުމަށް އަމާޒުކޮށްގެން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އަދި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ ފަދަ މަޝްހޫރު މުއައްސަސާތަކާއެކު ގުޅުން ގާއިމުކޮށްފައެވެ.
ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށް ބީއެމްއެލް އެކެޑަމީން ދަނީ ބައިނަލްއަގުވާމީ މުއައްސަސާތަކާއެކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.