ENGLISH
10 އޭޕްރީލު 2025
ދެކުނު ކޮރެޔާގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކަހާލައި 62 މީހަކު މަރުވެއްޖެ
29 ޑިސެމްބަރު 2024
|
ދެކުނު ކޮރެއާގެ ބޯޓެއް ރަންވޭ އިން ކަހާލައިގެން ހިނގި އެކްސިޑެންޓް.
ދެކުނު ކޮރެޔާގެ ޖޭޖޫ އެއާލައިންސްގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާގައި މިހާތަނަށް 62 މީހަކު މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާއިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުން ފުރައިގެން އައި ޖޭޖޫ އެއާލައިންސްގެ 2216 ފްލައިޓް، ދެކުނު ކޮރެޔާގެ މުވާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
ޖުމްލަ 175 ފަސަންޖަރުންނާއި ހަ ކްރޫއިން ދަތުރުކުރި މި ބޯޓު، ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ގޮސް، ފާރެއްގައި ޖެހި، ބޯޓު ބައެއް ގޮވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ބޯޓު ޖައްސަން އައި ވަގުތު، ލޭންޑިން ގިޔަރު ރަނގަޅަށް ތިރިނުވާ ކަމަށް ވެސް މަންޒަރުދުށް ބައެއް މީހުންނާ ޙަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 25 ފިރިހެނުންނާއި 37 އަންހެނަކު ކަމަށް ދެކުނު ކޮރެޔާގެ ނެޝަނަލް ފަޔަރ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، މިހާތަނަށް ދެ މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.