ENGLISH

17 ޖުލައި 2026

Advertisement

ވައްކަމުގެ މައްސަލައެއްގައި 24 ގަޑިއިރުތެރޭގައި ދެ މީހަކު ހައްޔަރުކޮށްފި

17 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ސ.ފޭދޫގައި ވައްކަމުގެ މައްސަލަގައި ހައްޔަރު ކުރި ދެ މީހުން ފޮޓޯ: ފުލުހުންގެ އިދާރާ

ސ. ފޭދޫ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވައްކަން ކުރުމުގެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ / ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުންވަނީ ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. 

މި މައްސަލައިގައި ތުހުމަތުކުރެވޭ 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހު އިރުއޮއްސި 6:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވެއެވެ.

މި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅެމުންދާ ގެތައް އެ ގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރި އިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މައްސަލައިގައި ފެނުނު ތަކެތީގެ ތެރޭގައި، 4 ކަރަންޓު ބުރުމާއާއި، ގްރޭންޑަރަކާއި، ޓެބްލެޓަކާއި މޮބައިލް ފޯނަކާއި ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެއެވެ. އަދި މިހާރު މި ތަކެތި ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު