ENGLISH

10 އޭޕްރީލު 2025

Advertisement

ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި، އަވަސް އިންތިޚާބަކަށް ގޮވާލައިފި

28 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައި، އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ޢާންމު އިންތިޚާބެއް ބާއްވަން، އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސަޓައިންމަޔަރ އިޢުލާނުކުރައްވައިފިއެވެ.

ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލިސް، ރައީސް ސްޓައިންމަޔަރ އުވާލެއްވީ، ޗާންސެލަރު ޗާންސެލަރ އޯލާފް ޝޯލްޓްސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.

"ޙާއްސަކޮށް މިހާރު މި އޮތް ދަތި ދުވަސްވަތަކެއްގައި، އަލުން ހަމަޖެހުން ޤާއިމުކުރަން ބޭނުންވަނީ، މަޖިލީހުގައި ތަނަވަސް އަޣުލަބިއްޔަތެއްގައި ރަނގަޅަށް މަސައްކަތް ކުރެވޭ ޤާބިލް ސަރުކާރެއް،" ސްޓައިންމަޔަރ ވިދާޅުވިއެވެ.

އިންތިޚާބަށް ފަހު މައްސަލަތައް ޙައްލުކުރުމަކީ، ސިޔާސީ މައިދާނުގެ މައިގަނޑު އަމާޒަކަށް ހަދަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސްޓައިންމަޔަރ ވަނީ، އިންސާފުވެރި އަދި ދެ ފުށް ފެންނަ ކެމްޕޭނެއް ކުރުމަށް ވެސް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވައިފައެވެ.

އާ ސަރުކާރެއް ޤާއިމްކުރެވެންދެން، އިންތިޤާލީ ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި، ސޯޝަލް ޑިމޮކްރެޓެއް ކަމަށްވާ ޝޯލްޓްސް ދެމިހުންނަވާނެއެވެ.

ޝޯލްޓްސްގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްކުރެވުނީ، މާލީ ވަޒީރު، ކްރިސްޓިއަން ލިންޑްނަރގެ ފްރީ ޑިމޮކްރެޓުން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވުމާ އެކު، މަޖިލީހުގެ އަޣްލަބިއްޔަތު އެ މަނިކުފާނަށް ގެއްލުމުންނެވެ.

ޝޯލްޓްސްގެ ބަދަލުގައި ޖަރުމަނުވިލާތުގެ ޗާންސެލަރުގެ މަޤާމަށް ވަޑައިގަންނަވާނީ، ކޮންޒަވޭޓިވް ޕާޓީގެ ފްރީޑްރިކް މަރޒް ކަމަށް ސަރވޭތަކުން ދައްކައެވެ.

މަރޒް މިހާރު ވެސް ވަނީ ކެމްޕޭނު ފައްޓަވައި، ޝޯލްޓްޒްގެ ވެރިކަމުގައި އެޅި ހަރުކަށި ގަވާޢިދުތަކުގެ ސަބަބުން ޖަރުމަނުވިލާތުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު