ENGLISH
17 ޖުލައި 2026
ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު
17 ޖުލައި 2026
|
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ---- ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު އަހުމަދު، ފޮޓޯ؛ ޕީއެސްއެމް.
އެންމެ މަޤްބޫލު
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފިއެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހުސައިން މަނިކެވެ. އޭނާ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ ރިޓަޔާ ކުރައްވާފައެވެ.
މުހައްމަދު އަހުމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. އަދި އޭނާއަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވާނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާވަނީ މާލީ ވުޒާރާއާއި، ބޭންކް އޮފް މޯލްޑިވްސް ފަދަ ސަރުކާރުގެ ކުންފުނިތަކުގައި އިސް މަގާމުތައް އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އަކީ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކޮށް ތަރައްޤީކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝާނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ) އިން ބަލަހައްޓަމުންދާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ސުޕަރވައިޒް ކުރުންވެސް ސީ.އެމް.ޑީ.އޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.