ENGLISH

17 ޖުލައި 2026

Advertisement

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އަޅަނީ

17 ޖުލައި 2026

|

އައިމިނަތު ޝަފާ

މާލޭ ވޮކޭޝަނަލް ހައި ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހާމަކުރައްވައިފިއެވެ. 

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ މިދިޔަ އަހަރު ކުރި އެންމެ މުހިންމު މަސައްކަތަކީ މަތީ ސާނަވީގައި ލާނިން ޕާތްވޭސްތައް އުފެއްދުންކަން ބަޔާން ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ވޮކޭޝަނަލް ހައިސްކޫލް ޕާތްވޭގެ އިތުރުން ވޯކްބޭސްޑް އެޕްރެންޓިސްޝިޕް ޕާތުވޭ ވަނީ އެކުލަވާލާފައި ކަމަށެވެ.

މިދިޔަ އަހަރު މާލޭގެ ވޮލޭޝަނަލް ހައިސްކުލް އުފައްދައި އެތަނުގައި ދަރިވަރުން އެދަނީ ކިޔަވަމުން ކަމަށާއި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމުގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކުރެވޭނެކަމަށެވެ. 

ވޮކޭޝަނަލް ހައި ސްކޫލުގެ މަސައްކަތް ވަޒީރު ސިފަކުރެއްވީ، މީގެ ސާޅިސް އެތައް އަހަރެއް ކުރިން އުފެއްދި ސީއެޗްއެސްއަށެވެ. އެ ސްކޫލުން ފެށީ 40 ދަރިވަރުންނާއެކު ނަމަވެސް މިއަދު ހުޅުމާލެ އަދި މާލޭގައި ހުރި އެ ދެ ސްކޫލުގައި 3000 ދަރިވަރުން ކިޔަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެން ކުރާ މަސައްކަތުން ވޮކޭޝަނަލް ޕާތުވޭއާއި ވޯކްބޭސްޓް އެޕްރެންޓިސްޝިޕް ފުޅާކުރެވިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި ގްރޭޑް 10 އެއް ނިންމާ ކުދިންގެ 70 އިންސަ ކުދިން މަތީ ސާނަވީގައި ކިޔަވަން ފަށާނެކަމަށް  ވަޒީރު ވިދާޅުވިއެވެ.

މަތީ ސާނަވީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަފާތު ޕާތުވޭތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތުތައް އިތުުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މާލޭ ވޮކޭޝަނަލް ހައި ސްކޫލަކީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ސްކޫލެކެވެ. 

ކިޔުންތެރިންގެ ހިޔާލު