ENGLISH
17 ޖުލައި 2026
ކެޕޭސިޓީ އިތުރުނުކޮށް ސަބްސިޑީ ދީދީ ތިބީ ވޯޓު ހޯދަން: ވަޒީރު ޝިޔާމް
17 ޖުލައި 2026
|
އެންމެ މަޤްބޫލު
މަހަށް އާމްދަނީ އިތުރުކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރުކުރީމަކަން ހުރިހާ ސަރުކާރުތަކަކުންވެސް ގަބޫލުކުރާކަމަށާއި ނަމަވެސް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކެޕޭސިޓީ އިތުރުކޮށްގެން އެކަން ކުރަން ނޫޅެ، މަސްވެރިންނަށް ސަބްސިޑީ ދީދީ ތިބީ އިންތިހާބުތަކުގައި ވޯޓު ހޯދަންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މަހުގެ އެކްސްޕޯޓް އިތުރުކުރުމަށްޓަކައި ސަރުކާރުން ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ އެ ސިޔާސަތުތަކާ އެކީގައިކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިކަން ތަރައްޤީކުރާ ވާހަކަދައްކާއިރު ސާޅީސް އަހަރު ވޭތުވެގެންދިޔައީ ފެލިވަރުގައި އެންމެ ފެކްޓްރީއަކާއެކީގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ފެށުމުން ސަރުކާރުން ސަބްސިޑީގެ ގޮތުގައި 13 ރުފިޔާ ކިލޯއަކަށް ލާންޖެހުނުކަމަށާއި އެއަށްވުރެ މަސްވެރިކަމަށް ބޭނުންވާ ބިނާރުތައް ތަރައްގީކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަހަށް އާމްދަނީ އިތުރުކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރުކުރީމަކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ. އެކަމަކު އެކަކު ވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މި ތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސް ގަންނާކަށް ސަރުކާރަކުންނެއް، މަސް ގަންނާށެކޭ ކިޔާފަކާ އެންމެ ރުފިޔާއެއް ވެސް މިހާރު މިފްކޯއަކަށް ނުދޭ އިނގޭތޯ. އެންމެ ރުފިޔާއެއް ވެސް މަސް ގަންނާށޭ ކިޔާފަކާ ނުދޭ،". ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފ. އަތޮޅު ނިލަންދޫގައާއި، ގދ ފިޔޯރީގައާއި، އަދި ފެލިވަރުގައި މިހާރު ހުރި 50 ޓަނު 100 ޓަނަށް ބަދަލުކުރުމުން ރާއްޖެގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ތިންގުނަ ކުރެވިގެން ދިޔައީކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފްކޯ ތަރައްގީކުރުމަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މިފްކޯ ވެގެންދާނީ އަމިއްލައަށް އެކަނި ކޮޅަށް ހުރެގެން މަސައްކަތްކުރާ ކުންފުންޏަކަށްކަމަށެވެ.