ENGLISH

15 ޖުލައި 2026

Advertisement

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރަން ރުހުން ދީފި

15 ޖުލައި 2026

|

އައިމިނަތު ޝަފާ

ފާތިމަތު އަމީޒާ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާގުޅިގެންނެވެ.  

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް ހއ. ތަކަންދޫ، ސާދާގެ، މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާގެ ނަމެވެ. 

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެ ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވަނީ އަމީޒާއަށެވެ. އަމީޒާއަށް %92.44 މާކްސް ލިބިފައިވާއިރު ކޮމިޓީ މަރުހަލާގައި ހަލީމަށް ލިބިފައިވަނީ %82.89 މާކުހެވެ. މިއަދުގެ ޖަލްސާގައި އިގްތިސާދީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ދެ ބޭފުޅުންނަށް ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.  

އަމީޒާ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު