ENGLISH
15 ޖުލައި 2026
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި
15 ޖުލައި 2026
|
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށިލުމަށް ބޭނުންވާ ވެލިއެޅުމަށްފަހު، އެ ސަރަހައްދު އެއްވަރުކޮށް ބައްޓަންކުރުމުގެ (ޕްރޮފައިލް ކުރުމުގެ) މަސައްކަތެވެ.
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި ރައްޔިތުންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.