ENGLISH

15 ޖުލައި 2026

Advertisement

ހެއިޓީގެ ކޯޗުގެ އެއްބަސްވުން އުވާލައިފި

15 ޖުލައި 2026

|

އިސްމާއިލް ޝާހު

ހެއިޓީގެ ކޯޗުގެ މަގާމުން ވަކިކުރި ސެބަސްޓިއަން މިންޔޭ --- ފޮޓޯ: ރޮއިޓަރސް

ހެއިޓީގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ފްރާންސްގެ ސެބަސްޓިއަން މިންޔޭ އާއެކު ވެފައިވާ އެއްބަސްވުން އުވާލިކަން އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފިއެވެ. މިންޔޭ އަކީ 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހެއިޓީ ފީފާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކޯޗެކެވެ.

ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ދެ ފަރާތް އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިންޔޭ ދެއްކި ފަންނީ ހުނަރަށާއި، ކުރި ބުރަ މަސައްކަތުގެ އިތުރުން ޓީމަށް ބެހެއްޓި ސަމާލުކަމަށްޓަކައި އެ ފެޑެރޭޝަނުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 53 އަހަރުގެ މިންޔޭ ހެއިޓީގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ހެއިޓީން ވޯލްޑް ކަޕުގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން، ބްރެޒިލް އަތުން 3-0 ގެ ނަތީޖާއަކުން އަދި މޮރޮކޯ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ، އެ ޤައުމު ވަނީ މުބާރާތުން ކަޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު