ENGLISH
11 ޖުލައި 2026
އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ދޯނި ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
11 ޖުލައި 2026
|
އެކްސިޑެންޓުގެ ލީޖަން ލޯންޗަށް ގެއްލުންވެފައި - ފޮޓޯ: މެރިން ޕޮލިސް
އެންމެ މަޤްބޫލު
އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ދޯނި ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށެވެ.
އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންވެފައިވެއެވެ. އަދި އެ ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
މީގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ. އަދި 2 މީހަކު ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.