ENGLISH
11 ޖުލައި 2026
މަސްވެރިން ކިރުވި މަހަށް މި ދެދުވަހު އެކަނިވެސް 2.3 މިލިއަން ރުފިޔާ ދޫކޮށްފި
11 ޖުލައި 2026
|
އެންމެ މަޤްބޫލު
މަސްވެރިން ކިރުވާފައިވާ މަހަށް ފާއިތުވި ހަފުތާގެ ބުރާސްފަތިދުވަހާއި ހުކުރުދުވަހު ޖުމްލަ 2.3 މިިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 2024 ވަނަ އަހަރުގެ ޑިސެންބަރު ދިހަވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަމުންދެއެވެ. އަދި މި އަހަރު މިފްކޯއިންވަނީ ބޮޑުކަންނެލި ކިރުވަން ފަށައި، ބޮޑުކަންނެލި މަސްވެރިންނަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފަށާފައެވެ.
މިފްކޯއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު ޖުލައި އަށްވަނައަށްވީ ބުދަދުވަހު މިފްކޯއަށް 28 ދޯންނަޏަކުން ކަޅުބިލަމަސް ކިރުވިއެވެ. އެ ދޯނިތަކަށް ޖުމްލަ 1.2 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކުރިއެވެ.
އެ ދުވަހު 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި މިފްކޯއަށް އެއްވެސް ދޯންޏަކުން ކިރުވާފައިނުވެއެވެ. ނަމަވެސް 15 ކިލޯއިން މަތީ ކަންނެލި ހަތަރު ދޯންޏަކުން ކިރުވިއެވެ. އެ ދޯނިތަކަށް ޖުމްލަ 18،025 ރުފިޔާ މިފްކޯއިން ދޫކުރިއެވެ.
ޖުލައި ނުވަވަނައަށްވީ ބުރާސްފަތިދުވަހު ކަޅުބިލަމަސްކިރުވި 30 ދޯންޏަކަށް 1.1 މިލިއަން ރުފިޔާ ދޫކުރިއެވެ. އަދި ދިހަ ކިލޯއިން މަތީ ކަންނެލި ކިރުވި ތިން ދޯންޏަކަަށް 7،860 ރުފިޔާ ދޫކުރިއެވެ. އަދި 15 ކިލޯއިން މަތީ ކަންނެލި ކިރުވި ތިން ދޯންޏަކަށް 12،675 ރުފިޔާ ދޫކުރިއެވެ.
އެހެންކަަމުން ޖުލައި ނުވަވަނަ ދުވަހު 32 ދޯންޏަކުން ކިރުވި މަހަށް 1.14 މިލިއަން ރުފިޔާ ދޫކުރިއެވެ. އަދި ޖުލައި އަށްވަނަ ދުވަހު މަސްކިރުވި 30 ދޯންޏަކަށް 1.23 މިލިއަން ރުފިޔާ ދޫކުރިއެވެ.