ENGLISH

11 ޖުލައި 2026

Advertisement

މާލޭ ސިޓީ ކައުންސިލުގެ އޮޑިޓު 2020؛ ހަމައެކަނި ގާތް ގުޅުން އޮތް ކުންފުނިތަކުން ކޯޓޭޝަން ހޯދިކަން ހާމަވެއްޖެ

11 ޖުލައި 2026

|

ުހުސައިން މަޚްތޫމް

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު

ވަކި ފަރާތަކަށް މަންފާވާ ގޮތަށް ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. 

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދުގެ ދައުރުގައި ކޮށްފައިވާ ޚަރަދުތަކާއި ގުޅޭގޮތުން އޮޑިޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ، ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދާނޭ ރަނގަޅު އުޞޫލުތަކެއް ކުރިއަށް ރާވައި އިންތިޒާމުކުރަންވާނެ ކަމަށާއި، ޕްރޮކިއުމެންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލެވޭ ކަންކަން ވަކު ނުކުރުމަށް ބަޔާންކޮސްފައިވާ ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެއް ހަރަދެއްގެ ގޮތުގައި ކުރެވެން ހުރި ހަރަދުތައް ބައިބައި ކޮށްގެން ކޮށްފައިވާކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

މީގެ ތެރޭގައި ލޭބަރ ކުއާޓާގެ މަސައްކަތް ހަތަރު ފަހަރަކަށް ބަހާލައިގެން ކޮށްފައިވާ އިރު، އާ ސަހަރާގެ މަސައްކަތުގެ އިތުރުން ވައިޓަލް ސެކްޝަންގެ މަސައްކަތް ދެ ފަހަރެއްގެ މަތިން ހަވާލުކޮށްފައިވާއިރު، ޝިފާގެ މޭޔަރުކަމުގައި ތަރައްގީކުރި ލޮނުޒިޔާރަތް ޕާކުގެ މަސައްކަތް ހަތް ބަޔަކަށް ބަހާލައިގެން އަދި ބަސް ސްޓޮޕުގެ މަސައްކަތް 8 މަސައްކަތެއްގެ ގޮތުގައި ހަވާލުކޮށްގެން ހަދާފައިވެއެވެ. 

އޮޑިޓުގައި ބުނެފައިވަނީ ސާމްޕަލްގެ ގޮތުގައި ނެގުނު 35،000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓް ވައުޗަރުގެ ތެރެއިން 23 ވައުޗަރުގައި އެއް ޚަރަދެއްގެ ގޮތުގައި ކުރެވެން ހުރި ހަރަދުތައް ބައިބައި ކޮށްގެން ކޮށްފައިވެއެވެ. އަދި މި ހަރަދުތަކުގެ ޖުމްލައަކީ 656،162.45 ރުފިޔާ ކަމަށާއި، ސާމްޕަލްގެ ގޮތުގައި ނެގުނު 46 ޕޭމަންޓް ވައުޗަރުގެ ޖުމްލައަކީ 1.2 މިލިއަން ރުފިޔާ ކަމަށް ބަޔާންކޮށްފައިވެއެވެ. 

އޮޑިޓުގައި ބުނެފައިވަނީ 35،000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓް ވައުޗަރުގެ ތެރެއިން 27 ވައުޗަރުގެ ކޯޓޭޝަން ހޯދާފައިވަނީ ގުޅުންހުރި ވިޔަފާރިތަކުންނެވެ. މިއީ 732،043.86 ރުފިޔާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ. އޮޑިޓުގައި ބުނެފައިވަނީ ގުޅުންހުރި ވިޔަފާރިތައް ކަމުގައި މާނަކޮށްފައިވަނީ، އެއްކުންފުންޏެއްގެ ދެ ފިހާރަ ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު