ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނުގެ ކޮރެއާގެ ވަގުތީ ރައީސްގެ މައްޗަށް ވެސް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

27 ޑިސެމްބަރު 2024

|

ހަސަން އާމިރު

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔެއޯލް އަޒުލުކުމުން، ރައީސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބޮޑުވަޒީރު ހާން ޑުކް ސޫގެ މައްޗަށް ވެސް އިތުރުބާރު ނެތް ކަމަށް މިއަދު ފާސްކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން ޕާލަމެންޓަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވަނީ 192 މެންބަރުން ވޯޓުދީފައެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުން ވަނީ 151 ވޯޓެވެ.

ހާން ޑުކުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 151 ވޯޓުން ކަމަށް ޕާލަމެންޓުގެ ރައީސް ވޫ ވޮން ޝިކް އިއުލާން ކުރެއްވުމާ އެކު މެންބަރުންގެ މެދުގައި ދެބަސްވުން އުފެދިގެން ދިޔައެވެ. 

ޕާލަމެންޓުގެ ނިންމުން ހޫން އަށް ރަސްމީކޮށް ހުށަހެޅުމާ އެކު އޭނާ މަގާމުން ސަސްޕެންޑްވާނެ އެވެ. ހޫން ސަސްޕެންޑް ކުރުމާ އެކު ވަގުތީ ގޮތުން ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ފައިނޭންސް މިނިސްޓަރ ޗޮއި ސަންގް-މޮކް އެވެ.

ވަގުތީ ރައީސް ޑުކް ސޫ އާ މެދު އިދިކޮޅު ޕާޓީތަކުން ނުރުހުނީ، ޔެއޯލް އަޒުލުކޮށްފައިވާ މައްސަލާގައި ގޮތެއް ނިންމަންޖެހޭ އެ ޤައުމުގެ ދުސްތޫރީ ކޯޓަށް ފަނޑިޔާރު ޢައްޔަނުކުރުން ލަސްކުރަމުންދާތީއެވެ. ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން، އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައި، އެކަމާ މެދު ގޮތެއް ކަނޑައަޅަން ދުސްތޫރީ ކޯޓަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ޔޫންގެ މަޤާމު ގެއްލުނުކަން ޔަގީންވާނީ، ޕާލަމެންޓުގެ ނިންމުމަށް ކޯޓުން ތާއީދުކޮށްފި ނަމައެވެ.

ހޫންގެ މަގާމު ގެއްލުނުކަން ވެސް ޔަގީންވާނީ ޕާލަމެންޓުގެ ނިންމުމަށް ދުސްތޫރީ ކޯޓުން ތާއީދު ކުރުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު